ވޯޓް ދޭނީ އާދަމް އާޒިމަށް، މަސައްކަތް ކުރައްވަނީ އަމާޒެއް އޮވެގެން: ފަޒްނާ
ސަން
15 ޖެނުއަރީ 2026 | ބުރާސްފަތި | 10:28
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން މާލޭ މޭޔަރު ކަމަށް ވާދަކުރުމަށް, ޕްރައިމަރީގައި ވޯޓް ދެއްވާނީ މިހާރުގެ މޭޔަރު އާދަމް އާޒިމަށް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީގެ ވޯޓްލުން މާދަމާ އޮތްއިރު, މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމާއި އަލީ އާޒިމްގެ ވާދަވެރިކަން ވަރަށް ބޮޑެވެ. ޞާލިޙް ފާޅުގައި ވަކި ބޭފުޅަކަށް ތާއީދު ކުރައްވާކަން ހާމަ ނުކުރެއްވެވި ނަމަވެސް އާދަމް އާޒިމް ވާދަ ކުރައްވަނީ އެ މަނިކުފާނުގެ ތާއީދާއެކުގައި ކަމަށް ފުރަތަމަ ވެސް ވާހަކަ ދެކެވުނެވެ.
އަލީ އާޒިމްގެ ކެމްޕެއިންގައި ފާޅުގައި, ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެ މަނިކުފާނާ ބައިވެރިވެގެން ކުރިން ދަ ޑިމޮކްރެޓްސް ހެއްދެވި ބޭފުޅުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.