މިދިޔަ މަހު ތާރީޚު ދިން ނަމަވެސް، ގޯއްޗާއި ފުލެޓަށް ހުޅުވާލުން އާދިއްތައަށް ފަސްކޮށްފި

ސަން

15 ޖެނުއަރީ 2026 | ބުރާސްފަތި | 11:01

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް މިދިޔަ މަހު ސަރުކާރުން އިއުލާނުކުރި ނަމަވެސް، އެ ތާރީޚު އާދިއްތަ ދުވަހަށް ފަސްކޮށްފިއެވެ.

މިދިޔަ މަހު 30 ގައި ހައުސިން މިނިސްޓްރީން ވަނީ މި މަހު 15ގައި [މިއަދު] މާލޭ ސަރަހައްދުން ފުލެޓާއި ގޯއްޗަށް ހުޅުވާލާނެ ކަމަށް ބުނެފައެވެ. އެކަމަކު، މިއަދު ހައުސިން މިނިސްޓްރީން ވަނީ ކުއްލި ގޮތަކަށް އެ ތާރީޚަށް ބަދަލު ގެނެސްފައެވެ.

ހައުސިން މިނިސްޓްރީން ބުނީ ފަސްކުރަން ނިންމީ މާލޭ ސަރަހައްދުން ދޫކުރާއި ބިމާއި ފުލެޓަށް އެދި ވަރަށް ގިނަ އަދަދެއްގެ މީހުން އެޕްލައިކުރާނެ ކަމަށް ލަފާކުރެވޭތީއާއި، ހަފުތާ ބަންދާ ދިމާކޮށް ފުރުސަތު ހުޅުވާލުމުން މައުލޫމާތު ދިނުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށެވެ.

މައުޟޫޢުތަށް