ކަނޑުން ފެނުނު ދެ ހަށިގަނޑަކީ ވެސް ގެއްލިގެން އުޅޭ ރަޝިއާ ފަތުރުވެރިޔާއެއް ނޫން: ފުލުހުން
ސަން
15 ޖެނުއަރީ 2026 | ބުރާސްފަތި | 11:26
މި ފަހުން ރާއްޖެ ސަރަހައްދުން ފެނުނު, މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑަކީ ވެސް, ގެއްލިގެން ހޯދަމުން އަންނަ ރަޝިއާ ފަތުރުވެރިޔާގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އއ. އުކުޅަހުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ރަޝިއާގެ ފަތުރުވެރިއެއް މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ވަނީ ގެއްލިފައެވެ. އެއީ ރޯމަން ލުރޮޗްކިން ކިޔާ، 48 އަހަރުގެ މީހެކެވެ. އެ ރަށު ކައުންސިލުން ބުނިގޮތުގައި އޭނާ ގެއްލުނު ކަމަށް ބެލެވެނީ މޫދަށެވެ.
://../215617