ޕާޓީގެ ރައީސް ހޮވާ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓޭކަށް ނެތް: އާދަލަތު

ސަން

15 ޖެނުއަރީ 2026 | ބުރާސްފަތި | 3:23

މި މަހު 31 ގައި އެ ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފިއެވެ.

އެ ޕާޓީގެ ރައީސް ކަމަށް ވާދަކުރައްވަނީ އާންމު މެންބަރެއް ކަމަށްވާ ޑރ. އިކްރާމް އަބްދުއްސައްތާރާއި އަދާލަތު ޕާޓީގެ ނައިބު ރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ. އޭގެ ތެރެއިން އިކްރާމް މިދިޔަ އާދިއްތަ ދުވަހު ވަނީ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދިވަޑައިގެން ސިޓީއެއް ހުށަހަޅާފައެވެ.

އެ ސިޓީގެ ޖަވާބުގައި އަދާލަތު ޕާޓީގެ އިންތިޚާބީ ކޮމިޓީގެ ރައީސް އަލީ ރަޝީދު އިކްރާމަށް ފޮނުވި ސިޓީގައި ވަނީ، ރައީސަކު ހޮވުމުގެ އިންތިޚާބުގެ ކަންކަން ކުރިއަށް ދަނީ ޕާޓީގެ ދުސްތޫރާއި އެތެރޭގެ އިންތިޚާބުތަކަށް ހެދިފައިވާ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ.

މައުޟޫޢުތަށް