ޖުލައިގެ ކުރިން އިންޓްގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ހުރިހާ ކޯޓެއްގައި ބޭނުންކުރަން ފަށަނީ
ސަން
15 ޖެނުއަރީ 2026 | ބުރާސްފަތި | 3:12
މި އަހަރުގެ ޖުލައި މަހުގެ ކުރިން ރާއްޖޭގެ ހުރިހާ ކޯޓެއްގައި، ޝަރުއީ ދާއިރާގެ އިންޓަގްރޭޓެޑް ކޭސް މެނޭޖްމަންޓް ސިސްޓަމް ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން މިއަދު ބުނެފިއެވެ
މިއަދު ވަނީ ސިވިލް ކޯޓުގައި އެ ސިސްޓަމް ބޭނުންކުރަން ފަށައިފައެވެ. އެ ސޮފްޓްވެއާ އެ ކޯޓުގައި އިފްތިތާހުކޮށްދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް، ހުސްނީ މުބާރިކު ކަމަށެވެ.
ޑީޖޭއޭއިން ބުނި ގޮތުގައި އަމާޒަކީ ރާއްޖޭގެ ހުރިހާ ކޯޓެއްގައި، މި އަހަރުގެ ޖުލައިގެ ކުރިން މި ނިޒާމު ބޭނުންކުރަން ފެށުމެވެ. އަދި ޝަރުއީ ދާއިރާގެ މަސައްކަތް ވެސް އަމާޒު ހިފައިފައި ހުރީ ސަރުކާރުގެ މޯލްޑިވްސް 2.0 ގެ ސިޔާސަތާ އެއްގޮތަށް ޑިޖިޓަލްކުރުމަށް ކަމަށް އެ އިދާރާއިން ބުންޏެވެ.