ގިނަ އަދަދެއްގެ ޓޫރިސްޓުންނާއެކު ފަރަށް އެރި ފެރީއަކުން މީހުން ސަލާމަތްކޮށްފި
ސަން
15 ޖެނުއަރީ 2026 | ބުރާސްފަތި | 3:46
ގިނަ އަދަދެއްގެ ޓޫރިސްޓުން ގޮވައިގެން ކ. މާފުއްޓަށް ދަތުރު ކުރަމުން ދަނިކޮށް, ފަރަށް އެރި ފެރީއެއްގައި ތިބި މީހުން ފުލުހުން ސަލާމަތް ކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު 11:24 ކަންހާއިރު މާލެއިން ފުރައިގެން މާފުއްޓަށް 72 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ފެރީއެއްގެ އިންޖީނު ހުއްޓި, އެނބޫދޫ ފަރަށް އަރާފައިވާ ކަމަށެވެ.
އެ ފެރޫގައި ތިބި 72 މީހުންގެ ތެރެއިން 67 މީހުންނަކީ ޓޫރިސްޓުންނެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. ދެން ތިބީ ދިވެހި ތިން ފަޅުވެރިންނާއި ބިދޭސީ ދެ ފަޅުވެރިންނެވެ.