މޭޔަރުކަމަށް ކުރިމަތިލީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ ކަންކަން ހައްލުކޮށް، މާލޭގެ ހާލަތު ރަނގަޅުކުރަން: މަޙްޒޫމް

ސަން

15 ޖެނުއަރީ 2026 | ބުރާސްފަތި | 7:08

މާލޭގެ މޭޔަރުކަމަށް ކުރިމަތިލަނީ މާލޭގައި ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ މައްސަލަތަކަށް ހައްލު ހޯދައިދީ، ދިރިއުޅުމުގެ އާންމު ހާލަތްތައް ރަނގަޅުކުރުމަށްޓަކައި ކަމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ އަލްއުސްތާޛު ޢަބްދުالله މަޙްޒޫމް މާޖިދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ކުރީކޮޅު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުވެސް ފުރުއްވި މަޙްޒޫމް ވިދާޅުވީ، މާލޭގައި މިއަދު ފެންނަ އެންމެ ބޮޑު އެއް މައްސަލައަކީ ވަސީލަތްތައް މަދުވުން ނޫން ކަމަށާއި، ނަމަވެސް ކޮރަޕްޝަންގެ ސަބަބުން ސިޓީގެ މެނޭޖުމަންޓު ބަލިކަށިވުމުގެ މައްސަލަ ކަމަށެވެ.

އެގޮތުން ރައްޔިތުން ތަމްސީލުކުރުމުގެ ނިޒާމެއްގެ ގޮތުގައި އޮތް ރިޔާސީ ނިޒާމު ވޯޓު ގަނެ ވިއްކާ ބާޒާރަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ސިފަކުރެއްވިއެވެ. މަޙްޒޫމް ވިދާޅުވީ މިއަދު ހުރިހާ ކަމެއްވެސް ހިނގަނީ ކޮރަޕްޝަން އެކުލެވިގެން ކަމަށެވެ. އެގޮތުން މިއަދު ކަންކަން ހިންގުމަށް ހަވާލުކުރަނީ ސިޔާސީ ގޮތުން އަރިސް، ގުޅުން ހުރި ފަރާތްތަކާކަން އޭނާ ފާހަގަކުރެއްވިއެވެ.

މައުޟޫޢުތަށް