އެންސީއައިޓީ އުވާލައި، މޯލްޑިވްސް 2.0ގެ ކަންކަން ތަންފީޒުކުރުމަށް އައު އިދާރާއެއް އުފައްދައިފި

ސަން

15 ޖެނުއަރީ 2026 | ބުރާސްފަތި | 7:15

"ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" އުވާލައި، މޯލްޑިވްސް 2.0ގެ ކަންކަން ތަންފީޒުކުރުމަށް "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އައު އިދާރާއެއް މިއަދު އުފައްދައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި މިއަދު ބުނީ އެ އިދާރާއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ "މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އިދާރާއެއް މިއަދު އުފައްދަވައި، "ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޯލޮޖީ" މިއަދުން ފެށިގެން އުވައިލައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންް ކަމަށެވެ.

މައުޟޫޢުތަށް