ހުޅުމާލޭގައި މީހަކު ރަހީނުކޮށް، ފައިސާ ފޭރުނުކަމުގެ ތުހުމަތުގައި 4 ފިރިހެނުން ހައްޔަރުކޮށްފި
ސަން
15 ޖެނުއަރީ 2026 | ބުރާސްފަތި | 7:44
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލް ޓަވަރުގެ ފުލެޓެއްގައި ފިރިހެނަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު ފިރިހެނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި، ކޯޓު އަމުރެއްގެ ދަށުން ހިންގި އޮޕަރޭޝަނެއްގައި އެމްޕީއެލް ޓަވަރުގެ ފުލެޓެއް ބަލައި ފާސްކޮށް، ރަހީނުކޮށްފައި އޮތް މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ.
އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު، ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.