ޢަބްދުއްރަޙީމް ސަފީރު ކަމުގެ ފަތްކޮޅު ޕުޓިންނަށް އަރުވައިފި
ސަން
16 ޖެނުއަރީ 2026 | ހުކުރު | 11:30
ދިވެހިރާއްޖެއިން ރަޝިއާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއަން ފެޑެރޭޝަންގެ ރައީސް، ވްލަޑިމިއާ ޕުޓިންއަށް މިއަދު އަރުވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ, މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަތްކޮޅު އެރުވުމުގެ އިތުރުން ސަފީރު ޢަބްދުއްރަޙީމް ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ރަޝިއާގެ ރައީސްއަށް އަރިސްކުރައްވާފައި ކަމަށެވެ.
ރަޝިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢަބްދުއްރަޙީމް, ޢައްޔަން ކުރެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ.