އެމްޑީޕީގެ ވާދަވެރި ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ސަން

16 ޖެނުއަރީ 2026 | ހުކުރު | 2:44

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިރޭ 20:00އާ ހަމައަށެވެ.

އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ރަށްރަށުގެ ފޮށިތައް އެންމެ ގިނައިން ބަހައްޓަނީ މަޖީދިއްޔާ ސުކޫލުގައެވެ. އެގޮތުން 18 ވޯޓު ފޮށްޓެއް ހަމައެކަނި މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި އެބަހުއްޓެވެ.

މައުޟޫޢުތަށް