އަނބިމީހާ މަރާލަން އުޅުނު ކަމަށް ތުހުމަތުވާ މީހާ ހައިކޯޓުން މިނިވަންކުރީ ގާނޫނާ ހިލާފަށް: ސުޕްރީމް ކޯޓު

ސަން

16 ޖެނުއަރީ 2026 | ހުކުރު | 2:23

އަނބިމީހާއަށް ވަޅިން ހަމަލާދީ މަރާލަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު، ބަންދުން ދޫކޮށްލަން ހައިކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މިއީ މެދުރާއްޖެތެރޭގެ ރަށެއްގައި 2024 ވަނަ އަހަރު ހިނގި ހާދިސާއެއްގައި، ދިވެހި ފިރިހެނަކު އޭނާގެ އަންހެނުންނަށް ވަޅިން ބިރު ދެއްކި މައްސަލައެކެވެ.

މި މައްސަލައަކީ އާއްމުކޮށް ހުޅުވައިނުލާ ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލައެއްކަމުން މައްސަލައިގެ ތަފުސީލެއް ލިބިފައެއް ނުވެއެވެ. މި މީހާ، ޝަރިއަތް ނިމެންދެން ބަންދުކޮށްފައި ހުރީ ދަށު ކޯޓުގެ އަމުރަކުންނެވެ.

މައުޟޫޢުތަށް