އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު: "ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނެ"
ސަން
16 ޖެނުއަރީ 2026 | ހުކުރު | 1:52
ކީރިތި ރަސޫލާގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުން އެނގޭ ކަމަކީ, ކޮންމެ އުނދަގޫކަމަކާ އެކު ފަސޭހަކަމެއް ވާނެކަން ކަމަށް, މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާ, ޚާއްސަ ކޮށްފައިވަނީ އިސްރާއާއި މިޢުރާޖުގެ ޢިބުރަތްތަކުގެ މައްޗަށެވެ. ޚުޠުބާގައި ބުނީ އަހަރެމެންގެ ލޮބުވެތި ރަސޫލާގެ ސީރަތުގައި އަހަރެމެން އިބުރަތް ހާސިލުކުރަން ޖެހޭ ގިނަގުނަ ހާދިސާތަކަކާއި ކަންތައްތަކެއް ވާ ކަމަށެވެ. އެގޮތުން މާތްالله އަހަރެމެންގެ ލޮބުވެތި ރަސޫލާއަށް ގިނަގުނަ ނިޢުމަތްތަކަކާއި މުޢުޖިޒާތް ދެއްވި ކަމަށް ޚުޠުބާގައި ބުންޏެވެ.
އެގޮތުން އެކަލޭގެފާނަށް ދެއްވި މުޢުޖިޒާތްތަކުގެ ތެރޭގައި އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު ހިމެނެއެވެ.