ތުހުމަތަށް އިންކާރުކުރި 57 އަހަރުގެ އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް
ސަން
16 ޖެނުއަރީ 2026 | ހުކުރު | 3:04
މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މައްސަލައެއްގައި މިދިޔަ މަހުގެ 23 ގައި ހައްޔަރުކުރި 57 އަހަރުގެ ދިވެހި އަންހެން މީހާގެ ބަންދުގެ މުއްދަތު އިއްޔެ އިތުރުކޮށްފިއެވެ.
މި މައްސަލައަކީ ހުޅުމާލޭގެ ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އެ އަންހެން މީހާއާއި އުމުރުން 52 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި މައްސަލައެކެވެ.
ފުލުހުން އޭރު ބުނީ މި ދެ މީހުން ހައްޔަރުކޮށް، އެ އެޕާޓްމަންޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 32.6 ގުރާމު ކަމަށެވެ.