ޔާމީންގެ 1 މިލިއަން ޑޮލަރު ކޭސްގެ ބެންޗު ބަދަލުކޮށް، އާދިއްތަ ދުވަހު އަޑު އެހުމެއް

ސަން

16 ޖެނުއަރީ 2026 | ހުކުރު | 3:55

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ މައްސަލަ ބަލަމުން ދިޔަ، ހައިކޯޓުގެ ބެންޗު ބަދަލުކޮށް އިތުރު އަޑު އެހުމެއް އާދިއްތަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މިއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން އެމަނިކުފާނުގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާ ނުކޮށްދީ ހިފެހެއްޓުމުން ސިވިލް ކޯޓަށް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ތެރެއިން އުފަންވި ކޭސްއެއްގެ އިސްތިއުނާފު އަޑު އެހުމެކެވެ.

އެ ފައިސާ ހޯދުމަށް ޔާމީން ދަށު ކޯޓުގައި ދައުވާ ކުރި މައްސަލަ މިހާރު ހައިކޯޓުގައި އޮތްއިރު، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ކުރިން ބެލެހެއްޓެވީ ފަނޑިޔާރު ހުސެއިން ޝަހީދުއެވެ. އެކަމަކު ޝަހީދު، ސުޕްރީމް ކޯޓަށް ޕްރޮމޯޓް ކުރުމާއެކު މައްސަލަ އޮތީ ހުއްޓިފައެވެ.

މައުޟޫޢުތަށް