ޑޮލަރު ފޭރުން: ފަހުން ހައްޔަރުކުރީ ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި ހިމެނޭ މީހެއް!

ސަން

16 ޖެނުއަރީ 2026 | ހުކުރު | 4:56

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކުރި މީހަކީ، ފުލުހަކަށް، ހަމަލާދިން މައްސަލައެއްގައި ކުރިން ދައުވާކުރި މީހެއްކަން އެނގިއްޖެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްޙާން، އެވެ. މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި, އިސްމާޢީލް ސިރްޙާން ހުރީ، މިހާރު 30 ދުވަހަށް ބަންދުކޮށްފައެވެ.

ރިކޯޑްތައް ދައްކާ ގޮތުން އިސްމާޢީލް ސިރްޙާންއަކީ މީގެ ކުރިން، ފުލުހުންގެ ދައުރު އަދާކުރަން ހުރިމީހަކަށް ހަމަލަދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހެކެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން، 2018 ވަނަ އަހަރު އިއުލާންވެސް ކޮށްފައިވާކަން ރެކޯޑްތަކުން ދައްކައެވެ. އެކަމަކު މައްސަލަ ނިމުނު ގޮތެއް ސާފުވެފައެއް ނުވެއެވެ.

މައުޟޫޢުތަށް