ކައުންސިލް އިންތިޚާބަކީ ވޯޓަކުން ސަރުކާރަށް މެސެޖެއް ދޭން ލިބޭ ފަހު ފުރުސަތު، ސަރުކާރަށް ނޫނެކޭ ބުނަންޖެހޭ: ޝާހިދު

ސަން

16 ޖެނުއަރީ 2026 | ހުކުރު | 6:14

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ ވޯޓަކުން މި ސަރުކާރަށް މެސެޖެއް ދޭން ލިބޭ ފަހު ފުރުސަތު ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފައި، ރައްޔިތުން މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް މިއަދު ކުރިއަށްދާ ޕްރައިމަރީގައި ވޯޓު ދެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެދުމަކީ ޕްރައިމަރީގައި ކާމިޔާބުވާ ބޭފުޅުންގެ ފަހަތުގައި ހުރިހާ އެންމެން ވެސް ތިބުން ކަމަށެވެ. އަދި ކުރިމަތީގައި އޮތް ޚުދުމުޚްތާރު، އަނިޔާވެރި އަދި ދޮގާއި ފަސާދައާއި ކޮރަޕްޝަން ސަރުކާރުގެ ކުރިމަތީގައި އެމްޑީޕީން ނުކުމެ އަތުގުޅައިލުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއަދު ފެނިގެންމިދަނީ އެމްޑީޕީގެ މަސައްކަތްތައް ތަރުތީބުވާ މަންޒަރު ކަމަށެވެ. އަދި ސަރުކާރަށް ނޫނެކޭ ބުނެ، އެމްޑީޕީން ނުކުމެ ކައުންސިލް އިންތިޚާބު ބޮޑުތަނުން ބަލިކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް