އެމްޑީޕީގެ ވާދަވެރި ޕްރައިމަރީގެ ވޯޓުލުން ނިންމައިލައިފި

ސަން

16 ޖެނުއަރީ 2026 | ހުކުރު | 8:22

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިރޭ ވަގުތު ހަމަވުމާ އެކު ނިންމައިލައިފިއެވެ.

ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ މިރޭ 20:00އާ ހަމައަށެވެ.

ވޯޓުލުން ނިންމައިލިއިރު، އެއްވެސް ހަމަނުޖެހުމެއް މިހާތަނަށް ހިނގިކަން އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. ސުލްހަވެރިކަމާއެކު ވޯޓުލުން ކުރިއަށްދިޔައިރު ގިނަ މެންބަރުތަކެއް ވޯޓުލާން ވެސް މަރުކަޒުތަކަށް ދިޔައެވެ. އޭގެ ތެރޭ އެ ޕާޓީގެ އިސް ބޭފުޅުން ވެސް ހިމެނެއެވެ.

މައުޟޫޢުތަށް