އާދަމް އާޒިމަށް އަލީ އާޒިމްގެ މަރުހަބާ: "ކާމިޔާބުކޮށްދޭން މަސައްކަތްކުރާނަން"

ސަން

16 ޖެނުއަރީ 2026 | ހުކުރު | 11:00

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް، މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރެއްވުމާއެކު، އޭނާގެ ވާދަވެރިޔާ އަލީ އާޒިމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ޖުމްލަ 154 ކެންޑިޑޭޓުން ވާދަކުރި މިއަދުގެ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ. އެއްކޮޅުން ވާދަކުރެއްވީ އާދަމް އާޒިމެވެ.

އަނެއްކޮޅުން ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. އަލީ އާޒިމަކީ މިދިޔަ ރިޔާސީ އިންތިޚާބާ ގާތްކޮށް، އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގައި އެއިރުގެ އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ނިކުންނެވި ބޭފުޅެކެވެ. ނަމަވެސް ފަހުން އަލީ އާޒިމް ހިމެނޭހެން މުޅި ޑިމޮކްރެޓްސްގެ ހުރިހާ އިސް މެންބަރުންހެން، އަލުން އެމްޑީޕީއަށް ވަނީއެވެެ.

މައުޟޫޢުތަށް