މަސައްކަތްކުރަންވީ އެކީގައި ލޯކަލް ކައުންސިލް ކާމިޔާބުކޮށް، އެމްޑީޕީއަށް 2028 ވެސް ހޯދަން: އާދަމް އާޒިމް
ސަން
17 ޖެނުއަރީ 2026 | ހޮނިހިރު | 12:07
މިއަދުގެ ކާމިޔާބާއެކު ދެން މަސައްކަތްކުރަންވީ އިދިކޮޅު އެމްޑީޕީއަށް މުޅި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްދީ، 2028ގެ ރިޔާސީ އިންތިޚާބު ވެސް ހޯދައިދޭން ކަަމަށް، އެމްޑީޕީގެ މާލޭ މޭޔަރުކަމުގެ ޓިކެޓު ކަށަވަރުކުރެއްވި އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.
ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އާދަމް އާޒިމަށް މަރުހަބާ ކިޔުމަށް މިރޭ ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުން އާޒިމް ވަނީ އޭނާއަށް ޕްރައިމަރީ ކާމިޔާބުކުރުމަށް ޓަކައި މަސައްކަތް ކުރި އެންމެނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން ލިބުނު ތާއީދަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
://./216776