ޕާޓީތަކުން ގެނެސްދިނީ ކޮރަޕްޝަން، ރިޔާސީ އިންތިޚާބުގައި ހުރިހާ ޕާޓީތައް ކަފުން ކުރެވޭނެ: އުމަރު

ސަން

17 ޖެނުއަރީ 2026 | ހޮނިހިރު | 10:24

ސިޔާސީ ޕާޓީތަކުން ރާއްޖެއަށް ގެނެސްދިނީ ކޮރަޕްޝަނާއި އިސްރާފު ކަމަށާއި އަންނަ ރިޔާސީ އިންތިޚާބުގައި ހުރިހާ ސިޔާސީ ޕާޓީތައް ކަފުން ކުރެވޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީން އިއްޔެ ބޭއްވި ޕްރައިމަރީއާ ގުޅުވައި އުމަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާލޭގެ މޭޔަރު ކަމުގެ ޕްރައިމަރީގައި ވޯޓުލާން ނެރެވުނު މީހުން އަދަދުން، ޕާޓީތަކަށް މީހުން ކުރަމުން އައި އިތުބާރު ގެއްލިފައިވާކަން ހާމަވާ ކަމަށެވެ.

މި ގޮތުން، ޕާޓީގެ އެންމެ މަތީ ދެ ލީޑަރުން ނުކުންނަވައި ކެމްޕެއިން ކުރައްވައި، 54،680 މީހުންނަށް ވޯޓުލެވޭ މާލޭން ވޯޓުލާން އެމްޑީޕީއަށް ނެރެވުނީ 2،436 މީހުން ކަމަށް އުމަރު ވިދާޅުވިއެވެ. އެއީ، މާލޭގެ ވޯޓުލާ އާބާދީގެ ހަތަރު އިންސައްތައެވެ.

މައުޟޫޢުތަށް