ބޮޑު ދަރަނީގެ އަހަރު ފެއްޓިއިރު ބޭނުންކުރެވޭ ރިޒާވްގައި 244 މިލިއަން ޑޮލަރު

ސަން

17 ޖެނުއަރީ 2026 | ހޮނިހިރު | 10:48

މި އަހަރު ޖުމުލަ އެއް ބިލިއަން ޑޮލަރެއްހާ ފައިސާ ދަރަންޏަށް ދައްކަންޖެހޭއިރު، އަހަރު ފެށިއިރު މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޭނުންކުރެވޭ ރިޒާވްގައި ހުރީ 244 މިލިއަން ޑޮލަރު ކަމަށް އެ އިދާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރަކީ ބޭރުގެ ބޮޑެތި ދަރަނިތަކެއް ދައްކަންޖެހޭ އަހަރެކެވެ. އޭގެ ތެރޭގައި އޭޕްރީލް މަހު އެއްފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ހިމެނެއެވެ. އެއީ، މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮވިޑްގެ ދުވަސްވަރު ވިއްކި އިސްލާމިކް ބޮންޑެކެވެ.

އެމްއެމްއޭއިން މި މަހު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 983.04 މިލިއަން ޑޮލަރެވެ. އަދި، ބޭނުންކުރެވޭ ރިޒާވް ހުރީ 244 މިލިއަން ޑޮލަރުގައެވެ.

މައުޟޫޢުތަށް