އެންމެ މަގުބޫލު ލީޑަރަކީ ޔާމީން: 391 މީހުންގެ މެދުގައި ނެގި ބާނި ސާވޭ
ސަން
17 ޖެނުއަރީ 2026 | ހޮނިހިރު | 12:19
މިހާރު މުޅި ރާއްޖޭގައި އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް 391 މީހުންގެ މެދުގައި ބާނި ސެންޓަރު ފޯ އިންޓަނޭޝަނަލް ޕޮލިސީން ޖަމިއްޔާއިން ނެގި ޕޯލްއަކުން ދައްކާފައިވާ ކަމަށް އެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ.
ޔާމީން ގެންދަވަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ ހަރަކާތްތައް ބާއްވަވަމުންނެވެ.
ބާނި ޖަމިއްޔާއިން ވަނީ ރާއްޖޭގެ ހަ ސިޔާސީ ލީޑަރަކު 10 އިން ރޭންކްކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ޔާމީނާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު މުއިއްޒާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލެވެ.