އިންތިޚާބު ކާމިޔާބުކުރަން ޕާޓީގެ އެންމެން އެކުގައި ގަދައަށް މަސައްކަތް ކުރާނެކަން ޔަގީން: ޞާލިޙް

ސަން

17 ޖެނުއަރީ 2026 | ހޮނިހިރު | 12:41

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ޕާޓީގެ އެންމެން ގަދައަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ވިދާޅުވެއްޖެއެވެ.

ވާދަވެރި ކެމްޕެއިނަކަށް ފަހުގައި، 154 ކެންޑިޑޭޓުން ވާދަކުރި އެމްޑީޕީގެ ޕްރައިމަރީ އިއްޔެ ވަނީ ބާއްވާފައެވެ. އެ ޕްރައިމަރީގައި މާލޭގެ މޭޔަރުގެ ޓިކެޓު އާދަމް އާޒިމާއި މައްޗަންގޮޅި އުތުރު ދާއިރާގެ ޓިކެޓު ހަދީޖާ މުހައްމަދު (ހައްޖަ) ވަނީ ކާމިޔާބުކޮށްފައެވެ.

ޞާލިހު މިއަދު އެކްސްގައި ވަނީ އެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާފައެވެ.

މައުޟޫޢުތަށް