ސްޕީޑް ބޯޓާއެކު ލިބުނީ އުފާވެރި '"ސަޕްރައިޒެއް"
ސަން
17 ޖެނުއަރީ 2026 | ހޮނިހިރު | 9:40
ދިރާގުން ދޭ ދެ ސްޕީޑްބޯޓުގެ ތެރެއިން ސްޕީޑްބޯޓެއް ލިބޭނެ ކަމަށް އުންމީދުވެސް ނުކުރާ ކަމަށާއި، މިއީ ބަޔާންކޮށްދޭން ވެސް ނޭނގޭ އުފާވެރި އިހުސާސެއް ކަމަށް، ބޯޓު ލިބުނު ޢަބްދުالله ސަޢީދު ބުނެފިއެވެ.
ދެ ސްޕީޑްބޯޓެއް ދޫކުރާ ދިރާގުގެ 'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓްސް' ޕްރޮމޯޝަންގެ ދަށުން ފުރަތަމަ ސްޕީޑްބޯޓު ލިބޭ ނަސީބުވެރިޔާ ހޮވީ އިއްޔެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައެވެ.
އެ ޕްރޮމޯޝަންގެ ދަށުން ދެ ނަސީބުވެރިއަކަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. އޭގެން ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ.