އިހުތިރާމު ނުކުރުމާއި ފައިސާގެ ތުހުމަތާއެކު ޝަހީދު ލެގަސީ 2އޮފްއަސްއިން ވަކިވެއްޖެ، "އެއީ ވަން މޭން ޝޯއެއް"
ސަން
17 ޖެނުއަރީ 2026 | ހޮނިހިރު | 9:34
ދެފުށް ފެންނަ ގޮތަކަށް ފައިސާގެ ކަންކަން ނުބެލެހެއްޓުމުގެ އިތުރަށް މިއުޒިކީ ދާއިރާގައި ހޭދަކުރި 25 އަހަރުތެރޭ ހޯދާފައިވާ ތަޖުރިބާއާ ހުނަރަށް އެއްވެސް ގަދަރެއް ވެސް ނުކުރާ ކަމުގެ ތުހުމަތާއެކު، މަޝްހޫރު ބޭންޑް "ޓޫއޮފްއަސް"ގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) އެ ބޭންޑުން ވަކިވެއްޖެއެވެ.
ޝަހީދު ނެރުނު ބަޔާނުގައި ބުނީ އެ ނިންމުމަކީ ވަރަށް ބޮޑަށް ވިސްނުމަށްފަހު، ޓޫއޮފްއަސް ދޫކޮށްލަން ނިންމި އުނދަގޫ ނިންމުމެއް ކަމަށެވެ. ނަމަވެސް އެފަދަ ނިންމުމެއް ނިންމާއިރު ވަކިން ޚާއްސަކޮށް މިއުޒިކް ކޮމިއުނިޓީގައި ހުރި މައްސަލަތައް ސަޕޯޓަރުންނާއި ފޭނުންނަށް އެނގެން ޖެހޭ ކަމަށް ޝަހީދު ބުނެފައިވެއެވެ.
ޝަހީދުގެ ބަޔާނުގައި ބުނެފައި ވަނީ އޭނާ އެ ބޭންޑުން ވަކިވީ އިތުރު އެހެން ގޮތެއް ނެތިގެން ކަމަށެވެ.