މިމަސް ނިމުމުގެ ކުރިން އަތޮޅުތަކަށް ލޯންޗުތައް ފޮނުވައި ނިމޭނެ: ނާޒިމް

ސަން

17 ޖެނުއަރީ 2026 | ހޮނިހިރު | 11:19

މި މަސް ނިމުމުގެ ކުރިން އަތޮޅު ހޮސްޕިޓަލުތަކަށް ބޭނުންވާ ލޯންޗުތައް ފޯރުކޮށްދީ ނިމޭނެ ކަމަށް، ހެލްތު މިނިސްޓަރު ޢަބްދުالله ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، މިމަސް ނިމުމުގެ ކުރިން ލޯންޗުތައް ލިބިފައިނުވާ ހަތް އަތޮޅަކަށް ލޯންޗު ފޮނުވައި ނިމޭނެ ކަމަށެވެ. ނާޒިމް ވިދާޅުވީ އެކަމުގެ ސަބަބުން ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ރަށްރަށަށް ޒިޔާރަތްކުރުމާއި ޚިދުމަތްތައް ދިނުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ފޯރުކޮށްދިނީ ދެ އަތޮޅަކަށް ބޭނުންވާ ލޯންޗު، އެއީ ހުވަދު އަތޮޅު، ވަރަށް އަވަހަށް ދާލު އަތޮޅަށްވެސް ފޯރުކޮށްދެވޭނެ. ބާކީ އިން ހަތަރު އަތޮޅުތަކަށް މިމަސް ނިމުގެ ކުރިން ފޯރުކޮށްދެވޭނެ،" ނާޒިމް ވިދާޅުވިއެވެ.

މައުޟޫޢުތަށް