ހަތަރު މީހުން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި، 2 މީހަކު ގެއްލިއްޖެ

ސަން

18 ޖެނުއަރީ 2026 | އާދިއްތަ | 8:59

ހަތަރު މީހުން ދަތުރުކުރި މުދާ އުފުލާ ބޯޓެއް ބަންޑުން ޖަހާއި، ދެ މީހަކު ގެއްލިގެން ހޯދާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފިއެވެ.

އެ ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު 7:27 އެހާކަންހާއިރެވެ.

އެމްއެންޑީއެފުން ބުނީ، ދެ މީހަކު ގެއްލިގެން ހޯދަނީ، "ބަލްމާ ހައެއް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލައިގެން ކަމަށެވެ.

މައުޟޫޢުތަށް