ދައުރު ނިމެންވާއިރަށް ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ވަދެވޭނެ: މިނިސްޓަރު
ސަން
18 ޖެނުއަރީ 2026 | އާދިއްތަ | 10:22
މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން މިހާރު ފަށާފައި ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެ ތަންތަނަށް ރައްޔިތުންނަށް ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުން ވަނީ މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދި ކުރިމަތިލާން ހުޅުވާލާފައެވެ. މި ގޮތުން، ގޯއްޗަށް އެދުމުގެ ފުރުސަތު ދީފައިވަނީ އަންނަ މާރިޗު ހަތަރެއްގެ 23:59 އަށް ކަމަށްވާއިރު، ފުލެޓަށް އެދި އެޕްލައިކުރެވެނީ އަންނަ އޭޕްރީލް 17ގެ 23:59 އަށެވެ.
މި ސަރުކާރުން ވަނީ 7،900 ފުލެޓާއި، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައެވެ.