65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެނައި، އެމްބިއުލާންސްތައް 56 ރަށަކާ ހަވާލުކޮށްފި

ސަން

18 ޖެނުއަރީ 2026 | އާދިއްތަ | 10:41

ޖުމުލަ 65.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ގެނައި، 56 އެމްބިއުލާންސް އަތޮޅުތެރޭގެ އެކި ރަށްތަކާ އިއްޔެ ހަވާލުކޮށްފިއެވެ.

އެމްބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އެމްބިއުލާންސްތައް ރާއްޖެ ގެނައީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހަވާލުކޮށްގެނެވެ.

ތިން ބުރަކަށް ބަހާލައިގެން އެމްބިއުލާންސްތައް ގެނައީ، މި މަހުގެ ތެރޭގައި ކަމަށްވާއިރު މި އަހަރު އިތުރު 31 ރަށަށް އައު އެމްބިއުލާންސްތައް ގެނެސް، ޚިދުމަތް ދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް