ނުކުޅެދުންތެރިން ހުންނަ މީހުންގެ ތެރަޕީއަށް މިދިޔަ މަހު 7.5 މިލިއަން ޚަރަދުކުރި
ސަން
18 ޖެނުއަރީ 2026 | އާދިއްތަ | 1:43
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕީއަށް ނިމުނު ޑިސެމްބަރުގައި 7.5 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއަކީ ސިއްހީ ކަންކަމަށް މާލީ އެހީ ފޯރުކޮށްދޭ އިދާރާއެކެވެ. އެ އިދާރާއިން ދޫކުރާ އެހީތަކުގެ ތަފުސީލުތައް މަހަކު އެއް ފަހަރު އާންމުކުރެއެވެ.
މިދިޔަ މަހުގެ ހިސާބުތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ 231 މީހުންނަށް ޖުމުލަ 7.5 މިލިއަން ރުފިޔާގެ އެހީ އެންސްޕާއިން ވަނީ ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 159 ފިރިހެނުންނާއި 72 އަންހެނުން ކަމަށްވާއިރު، އެންމެ ގިނަިއން ޚަރަދުކުރީ 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.