ވަގަށް ނެގި ލަވް ބާޑްތަކެއް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފި
ސަން
18 ޖެނުއަރީ 2026 | އާދިއްތަ | 2:35
އައްޑޫ ސިޓީ، ފޭދޫއިން ވަގަށް ނެގި ލަވް ބާޑުތަކެއް ހޯދައި، ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
އައްޑޫ ފުލުހުން ބުނި ގޮތުގައި، ފޭދޫގެ ގެއަކުން ހަތަރު ލަވްބާޑު ގެއްލުނީ އިއްޔެ ރޭ ދަންވަރެވެ.
އެ މައްސަލަ ރިޕޯޓުކުރުމާ އެއްކޮށް، އެ ލަވްބާޑުތައް ހޯދަން ގަމު ޕޮލިހުން ކުރި މަސައްކަތުން އެރޭ އެ ދޫނިތައް ހޯދިފައިވާ ކަމަށާއި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.