ބަންޑުން ޖަހާލި ދޯނީގައި ހުރި މުދާތައް އޮޔާދާތީ، ސަމާލުވާން އެދެފި

ސަން

18 ޖެނުއަރީ 2026 | އާދިއްތަ | 2:26

މާލެ އަތޮޅު އެނބޫދޫފިނޮޅު ކައިރިން މިއަދު ހެނދުނު ބަންޑުން ޖަހާލި މުދާ އުފުލާ ދޯނީގައި ހުރި މުދާތައް އޮޔާދާތީ، ކަނޑު ދަތުރުފަތުރުކުރާ މީހުން ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފިއެވެ.

ހުޅުމާލެއިން ފުރައިގެން ދޮންމާގާއަށް ދަތުރުކުރި ބޯޓެއް ވާދޫ ކަނޑުގެ ތާޖް އެގްޒޯޓިކާ ރިޒޯޓު ކައިިރިއަށް ބަންޑުންޖަހާލި ހާދިސާ ރިޕޯޓުކުރީ މިއަދު ހެނދުނު 7:27 އެހާކަންހާއިރެވެ.

ފުލުހުން ބުނީ، "ބަލަމާ 6" ދޯނީގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، ދަތުރުވެރިން ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ހުޅަނގަށް ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑާ ހަވާލާދީ ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް