ބޭސް ގަންނަ ފާމަސީއަކީ ހުއްދަ އޮތް ތަނެއްކަން ކަށަވަރުކުރަން ހަނދާންކޮށްދީފި
ސަން
18 ޖެނުއަރީ 2026 | އާދިއްތަ | 2:50
ފާމަސީތަކަށް ގޮސް ބޭސް ގަންނައިރު އެއީ މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ހުއްދަ އޮތް ތަނެއްކަން ކަށަވަރުކުރަން އެ އޮތޯރިޓީން މިއަދު ހަނދާންކޮށްދީފިއެވެ.
ބޭސް ނުލިބުމާއި ކޮލިޓީ ދަށް ބޭސް އެތެރެކޮށްގެން ވިއްކާ މައްސަލަ ރާއްޖޭގައި ބޮޑެވެ.
އެމްއެފްޑީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ، ރާއްޖެއަށް ބޭރުން އެތެރެކޮށްގެން ބޭސް ވިއްކޭނީ އެ އޮތޯރިޓީގެ ހުއްދަ ލިބިގެން ކަމަށެވެ. އަދި، ފާމަސީތައް ރަޖިސްޓާކޮށް އެ ތަންތަނުގައި މަސައްކަތްކުރާ ޕްރޮފެޝަނަލުން އެ ތަނުގައި މަސައްކަތްކުރެވޭނީ ވެސް އެމްއެފްޑީއޭގެ ހުއްދަ ހޯދައިގެންނެވެ.