މެރިން އެކްސްޕޯގެ ކޯ ސްޕޮންސަރަކަށް ލިއޯ ސްޓޯރސް
ސަން
18 ޖެނުއަރީ 2026 | އާދިއްތަ | 3:29
އަންނަ ފެބްރުވަރީ މަހުގެ ކުރީކޮޅު ބާއްވާ ރާއްޖޭގެ ކަނޑުގެ އެންމެ ބޮޑު އެކްސްޕޯ، މޯލްޑިވްސް މެރީން އެކްސްޕޯ 2026ގެ ކޯ ސްޕޮންސާގެ ގޮތުގައި ލިއޯ ސްޓޯރސް އެންޑް ސަޕްލައިސްއިން ބައިވެރިވެއްޖެއެވެ.
ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހުން އަށްވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މެރިން އެކްސްޕޯއެވެ. މި ގޮތުން، މި ފަހަރު އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ސްޕޮންސަރުންނާ އެކު ކަނޑު އަޑީގައި ބޭއްވި ސޮއިކުރުމުގެ ހަފުލާއެވެ.
މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ މޫދު ބުޅާ ޑައިވް ސެންޓަރާއި ރެއިޑް ޑައިވިންގެ އެހީގައެވެ.