ވިސާ ކާޑުން 15،000 ރުފިޔާ ހޭދަކޮށްގެން ވޯލްޑް ކަޕްގެ ފައިނަލް ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލުން ފަށައިފި
ސަން
18 ޖެނުއަރީ 2026 | އާދިއްތަ | 8:40
މިއަހަރު އޮންނަ، ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕުގެ ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް، ގައުމީ ބޭންކު ބީއެމްއެލުން މިއަދު ފަށައިފިއެވެ.
ބީއެމްއެލުން ބުނީ، މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ ވިސާ އާ ގުޅިގެން ކަމަށެވެ. އެހެންކަމުން، މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ބީއެމްއެލްގެ ވިސާ ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އެކަންޏެވެ.
މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 18ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ކަސްޓަމަރުން ބީއެމްއެލްގެ މޯބައިލް އެޕް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ބޭންކުން އެދެއެވެ.