ކަންބޮޑުވުންތައް އެނގޭ، ޚިދުމަތުން ނުފިލައި، މާލޭ ރައްޔިތުންގެ ހިތްތައް ފަތަހަކުރާނީ ލޯތްބާއެކު: ޖަލީލު

ސަން

18 ޖެނުއަރީ 2026 | އާދިއްތަ | 10:26

މާލޭގައި ހުރި މައްސަލަތަކާއި، ރައްޔިތުންގެ ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށާއި، އެ ކަންކަން އެނގިހުރެ ޚިދުމަތުން ނުފިލައި، މޭޔަރުކަމަށް ވާދަކުރައްވަނީ އެ ކަންކަން ހައްލުކޮށް މާލޭ ރައްޔިތުންގެ ހިތްތައް ފަތަހަކުރައްވަން ކަމަށް ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް ރިޓަޔަޑް މޫސާ އަލީ ޖަލީލު މިރޭ ވިދާޅުވެއްޖެއެވެ.

އޭނާގެ ކެމްޕޭން އޮފީސް ހުޅުވައި ރަސްމީކޮށް މަސައްކަތް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ޖަލީލު ވިދާޅުވީ އޭނާ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ، މާލޭގެ މޭޔަރުކަމުގެ މަގާމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ކުރެއްވި މަސައްކަތް އިންފާރެއްގެ ގޮތުގައި ބައްލަވައިގެން ކަަމަށެވެ.

މާލޭގެ ރައްޔިތުން، މާލޭއަށް ގެންނަން އެދޭ ބަދަލުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ޖަލީލު ވިދާޅުވިއެވެ. އެގޮތުން މާލޭގެ އަވަށްތަކުގައި ރައީސް ޑރ. މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުންތަކުން މާލޭގެ ރައްޔިތުން ފާޅުކުރި ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާ ކަމަށާއި، އެއާއެކު ވެސް ރައްޔިތުންގެ ޚިދުމަތުގައި އެތައް ގުރުބާނީއެއްވީ މީހެއްގެ ހައިސިއްޔަތުން ވީ "ފިލަންތޯ" އެއީ އުފެދުނު ސުވާލެއް ކަމަށް ވިދާޅުވިއެވެ.

މައުޟޫޢުތަށް