އަބްދުއްރަހީމަށް އެ ވަނީ ވާންވީ ގޮތް، ހިތާމަކުރާނެ އެކަކު ވެސް ނެތް: ޔާމީން
ސަން
19 ޖެނުއަރީ 2026 | ހޯމަ | 10:16
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެ ވަނީ ވާންވީ ގޮތް ކަމަށާއި އެ ކަމާ ހިތާމަކުރާނެ އެކަކު ވެސް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފުތާއަކު ސިލްސިލާކޮށް، ބާއްވަވާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ، ސަރުކާރުގެ ކުރީކޮޅު އަބްދުއްރަހީމް އުޅުއްވީ ބޭނުން ގޮތަކަށް ކަމަށެވެ. އެކަމަކު، މިހާރު އަބްދުއްރަހީމަށް އެ ވަނީ ވާންވީ ގޮތް ކަމަށާއި އެ ކަމާ ހިތާމަކުރާނެ މީހަކު ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.
://./214169