ފުލެޓާއި ގޯއްޗަށް އެދި 24 ގަޑިއިރު ތެރޭ 518 ހުށަހެޅުން

ސަން

19 ޖެނުއަރީ 2026 | ހޯމަ | 10:21

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމު 'އެންމެނަށް ބޯހިޔާވަހިކަން'ގެ ދަށުން ފުލެޓާއި ގޯއްޗަށް އެދި 518 ހުށަހެޅުމެއް މިދިޔަ 24 ގަޑިއިރު ތެރޭ ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ގޯއްޗާއި ފުލެޓަށް ކުރިމަތިލާން ހުޅުވާލީ އިއްޔެއެވެ. އޭގެ ފަހުން ހައުސިން މިނިސްޓްރީން މިއަދު ބުނީ، މިހާތަނަށް 518 ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ.

މިގޮތުން، ފުލެޓަށް އެދި 399 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، ގޯތި ހޯދަން ވަނީ 119 ފޯމެއް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި ޑްރާފްޓިން ސްޓޭޖުގައި 3،836 ފޯމު ހިމެނޭ ކަމަށެވެ.

މައުޟޫޢުތަށް