"ލަންކާއަށް އަހަރަކު 129 މިލިއަން ޑޮލަރު ރާއްޖޭން ބޭރުކުރޭ، އިތުރަށް ފުރުސަތު ހޯދަންޖެހޭ"

ސަން

19 ޖެނުއަރީ 2026 | ހޯމަ | 11:33

ދިވެހިރާއްޖޭގައި މިހާރު 21,000 އަށްވުރެ ގިނަ ސްރީލަންކާ ރައްޔިތުން ވަޒީފާ އަދާކުރަމުންދާ ކަމަށާއި، އެމީހުންގެ ފަރާތުން އަހަރަކު ގާތްގަނޑަކަށް 129 މިލިއަން އެމެރިކާ ޑޮލަރު ރެމިޓެންސްގެ ގޮތުގައި އެ ޤައުމަށް ވަންނަ ކަމަށް ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ ކުރީގެ ރައީސް ސުދޭޝް މެންޑިސް ވިދާޅުވެއްޖެއެވެ.

ލަންކާގެ "ޑެއިލީ ނިއުސް"އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މަސައްކަތްކުރާ ލަންކާ މީހުންގެ ގިނަ ބަޔަކު ހަރަކާތްތެރިވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ.

ވޭތުވެދިޔަ 52 އަހަރުގެ ތެރޭގައި ރާއްޖެ ވަނީ ދުނިޔޭގެ އެންމެ ފެންވަރުމަތީ ލަގްޒަރީ މަންޒިލްތަކުގެ ތެރޭގައި ހިމެނިފައެވެ. މިހާރު ރާއްޖޭގައި 168 ރިސޯޓާއި، 883 ގެސްޓްހައުސް، 13 ހޮޓާ އަދި 152 ސަފާރީ އުޅަނދު އޮޕަރޭޓްކުރަމުންދާއިރު، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ވޯލްޑޯފް އެސްޓޯރިއާ، ކޮންރަޑް، ސޮނޭވާ، ޝެވަލް ބްލޭންކް، ސެއިންޓް ރެޖިސް، ރިޓްޒްކާޓަން، ފޯ ސީޒަންސް، ހިލްޓަން އަދި ވަން އެންޑް އޮންލީ ފަދަ ތަންތަން ހިމެނެއެވެ.

މައުޟޫޢުތަށް