ސްރީލަންކާސް ގޮޓް ޓެލެންޓުގައި އަނެއްކާ ވެސް ދިވެހި ކުއްޖެއްގެ ހުނަރު، ދެވަނަ ބުރަށް

ސަން

19 ޖެނުއަރީ 2026 | ހޯމަ | 12:31

މަޝްހޫރު ފްރެންޗައިޒް ޝޯ ގޮޓް ޓެލެންޓްގެ، ސްރީލަންކާސް ގޮޓް ޓެލެންޓުގައި އަނެއްކާ ވެސް ދިވެހި އަންހެން ކުއްޖަކު ބައިވެރިވެ ހުނަރު ދައްކައިލައި ދެވަނަ ބުރަށް ގޮސްފިއެވެ.

މިފަހަރު މި މުބާރާތުގައި ބައިވެރިވެފައިވަނީ ސްރީލަންކާގައި ދިރިއުޅެމުން އަންނަ އުމުރުން 17 އަހަރުގެ މަރިޔަމް މިސްކްއެވެ. މުބާރާތުގެ އެންމެ ފުރަތަމަ ބުރުގައި، ފަނޑިޔާރުންގެ ކުރިމަތީ ބޭއްވި އޮޑިޝަންގައި މިސްކް ބައިވެރިވެ ހުށަހަޅައިދިނީ، އިންޑިއާގެ ލަވަކިޔުންތެރިޔާ ސުނީދީ ޗައުހާންގެ "ކައިސީ ޕަހޭލީ ޒިންދަގާނީ" އެވެ.

ލަވަ ހުށަހެޅުމާއެކު، ރަނގަޅު ކުރަންވީ ކަންކަން ވެސް ފަނޑިޔާރުންގެ ފަރާތުން މިސްކަށް ބުނެދިންއިރު، އޭނާ ދެވަނަ ބުރަށް ދިޔައީ ޖުމްލަ ހަތަރު ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ވޯޓާއެކުގައެވެ.

މައުޟޫޢުތަށް