ބޭރުގައި ކިޔަވާ ކުދިންގެ ސްޓައިޕެންޑް މުރާޖާކުރަނީ، ބަދަލުނުކުރާތާ ހަތް އަހަރު ވެއްޖެ
ސަން
19 ޖެނުއަރީ 2026 | ހޯމަ | 1:47
ސަރުކާރުން ދޫކުރާ ލޯނު ސްކީމުގެ ދަށުން ކިޔަވާ ދަރިވަރުންނަށް އެއް ގޮތަކަށް ސްޓައިޕެންޑުގެ ގޮތުގައި ފައިސާ ދޭތާ ހަތް ވަރަކަށް އަހަރުވެއްޖެ ކަމަށާއި އެ ސްޓައިޕެންޑުތައް މުރާޖާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
'ތަރުޖަމާނާ އެކު'ގެ ނަމުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ ޕޮޑުކާސްޓުގައި ހައިދަރު ވިދާޅުވީ، ބޭރުގައި ކިޔަވާ ދަރިވަރުންނަށް ގަވައިދުން ފައިސާ ނުލިބޭތީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ޝަކުވާ ލިބޭ ކަމަށެވެ.
ބައެއް މައްސަލަތައް ދިމާވެގެން އަށް ހަފުތާ ވަންދެން ދަރިވަރުންނަށް ފައިސާ ނުފޮނުވި އެބަހުރި ކަމަށް ހައިދަރު ވިދާޅުވިއެވެ.