ސާވާ ޑައުންވެގެން ދޫކޮށްލި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުވާ މީހާ އަލުން ބަންދުކޮށްފި

ސަން

19 ޖެނުއަރީ 2026 | ހޯމަ | 2:18

ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ ސާވާއަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ޝަރީއަތް ހިންގަން ދަތިވެފައިވާ ކަމަށް ބުނެ، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހަކު، ބަންދުން ދޫކޮށްލަން ނިންމި ނިންމުމެއް ހައިކޯޓުން ބާތިލުކޮށްފިއެވެ.

މިއީ، އުމުރުން އެންމެ އަށް އަހަރުގެ ކުއްޖަކު ގްރޫމްކޮށް، އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ އެ ކުއްޖާގެ އާއިލީ މެންބަރަކު ހައްޔަރުން ދޫކޮށްލި މައްސަލައެވެ. ކުޑަ ކުއްޖެއްގެ މަސްލަހަތު ހިމެނޭތީ އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔަ މި މައްސަލައިގައި ދައުވާ ލިބޭ ފިރިހެން މީހާގެ މައްޗަށް، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އުފުލާފައިވާކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

އެ މީހާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ހައްޔަރުކޮށް ފުރަތަމަ ބަންދަށް ޖެހީ 30 ދުވަހެވެ. އެ މުއްދަތު ހަމަވެގެން، ބަންދު މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިޔުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މައުޟޫޢުތަށް