18 ދުވަހުން 129،000 ފަތުރުވެރިން، 10 އިންސައްތައިގެ ކުރިއެރުމެއް

ސަން

19 ޖެނުއަރީ 2026 | ހޯމަ | 2:10

މި އަހަރު ފުރަތަމަ 18 ދުވަހުގެ ތެރޭގައި ދިވެހިރާއްޖެއަށް 129،201 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ.

ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކޮންމެ ދުވަހަކު އާންމުކުރާ ހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު މިހާތަނަށް 129،201 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 117،532 ފަތުރުވެރިންނެވެ. އެހެންވެ، މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.

މައުޟޫޢުތަށް