ދަރިވަރުންނަށް ފައިސާ ނުފޮނުވި ލަސްވަނީ، ފޮނުވާ މައުލޫމާތު ޔަގީންނުވާ ނަމަ: ހައިދަރު

ސަން

19 ޖެނުއަރީ 2026 | ހޯމަ | 3:37

ސަރުކާރުގެ އެހީގައި ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ފޮނުވުން ލަސްވަނީ ދެ ކަމެއް ޔަގީން ކުރުމުގެ ތެރޭގައި މައްސަލައެއް ދިމާވެއްޖެނަމަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ބޭރުގައި ސަރުކާރުން ދޭ ފައިސާއިން ކިޔަވާ ދަރިވަރުންނަށް ސްޓައިޕެންޑު ނުލިބި ލަސްވާ މައްސަލަ ދޭތެރެއަކުން ފެންމަތިވެއެވެ. އެ މައްސަލައަށް އިޝާރަތްކުރައްވައި، ހައިދަރު މިއަދު 'ތަރުޖަމާނާ އެކު' ޕޮޑުކާސްޓުގައި ވިދާޅުވީ، ދަރިވަރުންގެ ސްޓައިޕެންޑަށް ފައިސާ ފޮނުވުމުގެ ކުރިން ދެ ކަމެއް ޔަގީންކުރާ ކަމަށެވެ.

އެއީ، އެ ދަރިވަރަކު މިހާރު ވެސް ކިޔަވަމުން ދޭތޯއާއި ފޯރުކޮށްދިން މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުން ކަމަށް ހައިދަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް