ހުޅުމާލޭން ދެ ދުވަހުން 50 އުޅަނދު ޓޯކުރި؛ ގިނައީ ގަވައިދާ ޚިލާފަށް ޕާކުކޮށްގެން
ސަން
19 ޖެނުއަރީ 2026 | ހޯމަ | 4:07
ހުޅުމާލެއިން ދެ ދުވަހުގެ ތެރޭގައި، 50 އުޅަނދު ޓޯކުރި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ހިސާބުތަކަށް ބަލާއިރު، ދެ ދުވަހުގެ ތެރޭގައި މުޅިން ވެސް ޓޯކުރީ، ދެ ފުރޮޅުލީ އުޅަނދުތަކެވެ. މިގޮތުން، އެންމެ ގިނައިން ޓޯކުރީ، ގަވައިދާ ޚިލާފަށް ޕާކުކޮށްގެނެވެ. އެހެންވެ، 30 އުޅަނދެއް ފުލުހުން ވަނީ ޓޯކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު, ލައިސަންސް ނެތި ދުއްވައިގެން 17 އުޅަނދު ޓޯކުރިއިރު، ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ތިން އުޅަނދު ޓޯކުރިއެވެ.