ބިދޭސީން ގެންނަ މަސައްކަތު ސައިޓުތައް މުއްދަތު ހަމަވެފައިވާނަމަ ހުއްދަ އާކުރަން އަންގައިފި
ސަން
19 ޖެނުއަރީ 2026 | ހޯމަ | 6:50
ރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަށް ރަޖިސްޓްރީކޮށްފައިވާ ވޯކްސައިޓުތަކުގެ ތެރެއިން މުއްދަތު ހަމަވެފައިވާ ތަންތަނުގެ ހުއްދަތައް އާކުރުމަށް، ހޯމް މިނިސްޓްރީން މިއަދު އަންގައިފިއެވެ.
މިއަދު ނެރުނު އިއުލާނެއްގައި ހޯމް މިނިސްޓްރީން ބުނީ، ރާއްޖޭގައި ވަޒީފާ އަދާކުރަން ބޭނުންވާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް މިނިސްޓްރީން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ޕްރޮޖެކްޓު އުސޫލުން ރަޖިސްޓްރީކޮށްފައިވާ ވޯކްސައިޓުތަކުގެ ތެރެއިން ޕްރޮޖެކްޓުގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރިކޯޑުތަކުން ދައްކާ ވޯކްސައިޓްތައް މާދަމާއިން ފެށިގެން "ޕެންޑިން ސައިޓް ކްލިއަރެންސް"އަށް ބަދަލުކުރެވޭނެ ކަމަށް، މިނިސްޓްރީން ބުންޏެވެ.