5 އަހަރުތެރޭ އާސަންދައިގެ ބޭރުން ބޭސްފަރުވާއަށް 3 ބިލިއަން ޚަރަދުކުރި، އަގު ކޮންޓްރޯލްކުރަން ގާނޫނަށް ބަދަލު ގެންނަން ލަފާދީފި
ސަން
19 ޖެނުއަރީ 2026 | ހޯމަ | 8:35
ފަސް އަހަރުތެރޭ އާސަންދައިގެ ބޭރުން ބޭސްފަރުވާއަށް ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރި ކަމަށާއި، ޚިދުމަތްތަކުގެ އަގު ކޮންޓްރޯލްކޮށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭ ކަމަށް އޮޑިޓް އޮފީހުން ލަފާދީފިއެވެ.
އާސަންދަ ސްކީމްގެ ބޭރުން ބޭރުން ބޭސްފަރުވާއަށް ދައުލަތުން ކުރާ ހޭދައާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ބޮޑު ހޭދައެއް ކުރެއެވެ. އެގޮތުން އާސަންދައިގެ ބޭރުން ދައުލަތުން ބޭސްފަރުވާއަށް ކުރާ ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ:
އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2019 ވަނަ އަހަރުން 2024 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 3،015،807،625 ރުފިޔާ ނުވަތަ ތިން ބިލިއަނަށްވުރެ ގިނަ ރުފިޔާ އާސަންދަ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ވަނީ ޚަރަދުކޮށްފައެވެ. މި ޚަރަދުތައް އެވްރެޖް ގޮތެއްގައި އަހަރަކު 28 އިންސައްތައަށް އިތުރުވަމުންދާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.