ހޫނު މޫސުމަށް ތައްޔާރުވާން 12 ރަށަކަށް ސްޓެލްކޯއިން ޖެންސެޓުތައް ފޮނުވަނީ

ސަން

19 ޖެނުއަރީ 2026 | ހޯމަ | 7:29

ކުރިއަށް އޮތް ޕީކް ސީޒަނަށް، ނުވަތަ ހޫނު މޫސުމަށް ތައްޔާރުވުމަށްޓަކައި 12 ރަށަކަށް ޖެންސެޓުތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން 'ސަން'އަށް ބުނީ، 12 ރަށެއްގެ ތެރެއިން ކޮންމެ ރަށަކަށް ޖެންސެޓެއް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ކޮން ރަށްރަށެއްކަން ސްޓެލްކޯއިން ނުބުނެއެވެ.

އެއީ 600 މެގަވޮޓުގެ ހަ ޖެންސެޓަކާއި، 800 ކިލޯވޮޓުގެ ހަތަރު ޖެންސެޓަކާއި 1،000 ކިލޯވޮޓުގެ ދެ ޖެންސެޓު ކަމަށް، އެ ކުންފުނިން ބުންޏެވެ.

މައުޟޫޢުތަށް