ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ، މާލެއަށް ދުރު ފެންނާނީ އެންމެ 3 ކިލޯމީޓަރަށް: މެޓް

ސަން

19 ޖެނުއަރީ 2026 | ހޯމަ | 8:59

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ނުސާފުވާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފިއެވެ.

އައިކިއުއެއާއިން ދައްކާ ގޮތުގައި، މިއަދު މާލޭގެ ވައިގެ ކޮލިޓީ މިހާރު އުޅެނީ 111 ގައެވެ. އަދި މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 39.8 މައިކްރޯގްރާމުގައެވެ. އެއީ ސިއްހަތާ ބެހޭ ޖަމިއްޔާއިން ކަނޑައަޅާފައިވާ ވަރަށް ވުރެ، ވައިގައި ހިރަފުސް އަށް ގުނަ އިތުރު އަދަދެކެވެ.

މެޓުން 'ސަން'އަށް މިއަދު ބުނީ، ކުރިއަށް އޮތް ފަސް ދުވަހުވެސް މާލޭގެ ވައި ނުސާފުވުން އެއް މިންގަނޑެއްގައި ހިފަހައްޓާނެ ކަމަށެވެ. އަދި މާލެ ސަރަހައްދުން ދުރު ފެންނާނީ ތިން ކިލޯމީޓަރަށް ކަމަށް މެޓުން ބުންޏެވެ.

މައުޟޫޢުތަށް